ނުކެވި ބާކީވި ޕިއްޒާ ފޮތިތަކާއި، މަންމަ ތައްޔާރު ކުރި ޕުޑިންގެ ބާކީ ބައިވެސް ފްރިޖަށް ލުމަށް ހަމަ އެއްވަނައެވެ. މިފަދަ ބޭނުންތަކަށްޓަކައި، މި ޒަމާނުގައި ފްރިޖު ވެފައިމިވަނީ ވަރަށް މުހިންމު ވަސީލަތަކަށެވެ.

Ads by Asuru

އެހެންނަމަވެސް ބައެއް ކަހަލަ ތަކެތި ފްރިޖުގައި ރައްކާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ހިއްސާކޮށްލަނީ ފްރިޖުގައި ބެހެއްޓުން ރަނގަޅު ނޫން ބައެއް ތަކެއްޗެވެ.

ދޮންކެޔޮ

ދޮންކެޔޮ ބަހައްޓަން ޖެހޭނީ ރޫމް ޓެމްޕަރޭޗަރގައެވެ. ދެ ސަބަބެއް އެބައޮތެވެ. ފިނީގައި މި މޭވާ ދޮންވުމަށް ހުރަސް އަޅާތީއެވެ. އަދި އަލިކަމާއި ވައި ލިބުމުން، ދޮންކެޔޮ ހަލާކު ނުވެ، ގިނަ ދުވަހު ގެންގުޅެވޭނެއެވެ.

ޓޮމާޓޯ

މިއީ ވެސް ފްރިޖަށް ނުލާންވީ މޭވާއެކެވެ. ޓޮމާޓޯ ފްރިޖުގައި ސްޓޯރ ކުރުމުން، އޭގެ މީރު ރަހައަށް ބަދަލު ގެނެއެވެ. އެހެންކަމުން މި މޭވާ ފްރިޖަށް ނުލައްޗެވެ.

ޕާން

ޕާން ހަލާކު ނުވެ، މުއްދަތު ހަމަވަންދެން ބަހައްޓަން އެދޭނަމަ، ފްރިޖުގައި ނުބަހައްޓާށެވެ.

އަވަކާޑޯ

ދޮން ނުވެ ހުންނަ އަވަކާޑޯ ފްރިޖުގައި ބަހައްޓައިފިނަމަ، ދޮން ނުވެ، ކިތަންމެ ގިނަ ދުވަހަކުވެސް ހުރެދާނެއެވެ. އެހެންކަމުން އަވަކާޑޯވެސް ފްރިޖުގައި ނުބަހައްޓައްޗެވެ.

މީގެއިތުރުންވެސް، ފިޔަލާއި ލޮނުމެދާއި، އަލުވި ފަދަ ބާވަތްތައް ފްރިޖުގައި ބެހެއްޓުން ރަނގަޅެއް ނޫނެވެ.