މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Ads by Asuru
މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް ”ކެޓް ނިއުޓާ ފެސިލިޓީ“ އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލެ ސިޓީގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ގިނަވެ އަޅާލާނެ މީހެއްނެތުމުގެ ސަބަބުން އާއްމުންނަށް އެކިއެކި އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. އަދި މިގޮތަށް މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް ފަހަރު މީހުންގެ އަނިޔާކުރުންތަކާއި ގެއްލުން ދިނުންތަކާއި ދަނީ ކުރިމަތި ވަމުންނެވެ.