ރިޔާސީ އިންތިޚާބަށް ހަތަރު މަސް ދުވަހަށް ވުމުން، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި 5،300 ރުފިޔާ އަށް ކުޑަކުރަން ނިންމާފައެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް މިރޭ ވަނީ، ހިޔާ ފްލެޓްތަކުގެ ކުލި ވަރަށް އަވަހަށް ކުޑަ ކުރައްވާނެ ކަމަށާއި، ކުޑަވާނެ މިންވަރު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބަދަލު ގެންނަން ނިންމީ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި އާބަންކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން މިހާރު ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7500ރ. އާއި މެއިންޓަނަންސް ފީ މަހަކު 1000ރ. އާއެކު މަހަކު ޖުމްލަ 8500ރ.އެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު ވަނީ ގާއިމްކޮށްފައެވެ. އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރަން ނިންމިއިރު، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.