ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނުވަތަ ހުދު ސަމާލު ނެރެފިއެވެ.

Ads by Asuru

އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 07:15 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅުގެ ދެމެދުގައިވާ ރަށްތަކަށެވެ.

އެ އިދާރާއިން ނެރެފައިވާ އެލާޓުގައި ވަނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމެށެވެ.

އެހެން ކަމުން އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އެދެއެވެ.