ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެގޮތުން ހއ. ދިއްދޫ އާއި ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގެ އިތުރުން ރ. އަލިފުށީގައި ހޮސްޕިޓަލު އެޅުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
އެ ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ އެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޢާދިލެވެ.
ހއ. އަތޮޅ ހޮސްޕިޓަލް، ދ.އަތޮޅ ހޮސްޕިޓަލް، ގއ.އަތޮޅ ހޮސްޕިޓަލް އަދި ރ.އަލިފުށި ހޮސްޕިޓަލް
ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޓެލެކޮމިއނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް( ޓީ.ސީ.އައި.އެލް) އާއި އެކު ސޮއިކުރުުން pic.twitter.com/RUCyWJdqnR— Ministry of Health (@MoHmv) May 30, 2022
އަދި ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (ސިވިލް) އަތުލް ކުމާރު ޖެއިންއެވެ.
ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިގިނލީގައި އަޅަން ނިންނާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. އަލިފުށީގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
ރާޖެެގަ މީހުންނެތީތަ މަސަތްކަތްދަންނަ ރާޖެމިހާދަތިއިރު ހުރިހާފައިސާއެތް.ތިދަނީ ބޭރުގައުމަކަންނު ދިވެހިންދެކެލޮޮބި ނުވަަސަރުކާރެކެެ ދޮ މޑޕ
އިންޑިއާ ކުންފުންޏަކަށް ދިނުން މައްސަލައެއްނޫން، އެކަމަކު ކުންފުނީގެ ނަމުން ވެސް އެބައެނގޭ ކޮންސަލްޓަންސީ ދޭ ކުންފުންޏެއް ކަން، އަދި އެމީހުން ޙަރަކާތްތެރިވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ކަންވެސް އެނގޭ. އެހެންނޫނަސް ހޮސްޕިޓަލް އެޅުމުގެ ނުވަތަ ކޮންސްޓްރަކްޝަންގެ ދާއިރާގައި އެމީހުންގެ ތަޖުރިބާއަކީ ކޮބައިކަންވެސް ނޭގޭ. އިންޑިޔާގެ ކުންފުނިތަކަކީ ޢާންމުކޮށް ވަރަށް ލަސް ސްޕީޑެއް ގެންގުޅޭ ބައެއް. ތިކަން ނިމޭނެދުވަހެއް އަންނާނެބާއޭ ހިތަށްއަރާ، މީގެކުރިން އިންޑިޔާގެ ބައެއް ކުންފުނިތަކާ ޙަވާލުކުރި ޕްރޮޖެކްޓްތައް ނިންމި ވަރާއި، ނުނިންމާހުރު ވަރާއި، މުއްދަތު އިތުރުކޮށްދެވުނު ވަރުވެސް ބަލަންޖެހޭ. މިކަން ކިހާވަރަކުން ދާނެބާ!