މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފިއެވެ.

Ads by Asuru

ނާޒިމަށް ޓިކެޓު ދިނުމުގެ ޖަލްސާ ބާއްވަން ކުރިން ހަމަޖެހިފައި އޮތީ، އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޖަލްސާ ފަސް ކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

ނަމަވެސް ޖަލްސާ އޮންނާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.

އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން ނިންމައި އިއުލާނުކުރުމުން އެކަމަށް ކުރިމަތިލެއްވީ ހަމައެކަނި ނާޒިމެވެ.