ހުޅަމާލޭގެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް އަނިޔާވެއްޖެއެވެ.

Ads by Asuru

މި އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަގޮތުގައި އެކްސިޑެންޓްވީ ސަރަހައްދުގައި ގިނަ އަދަދަކަށް ލޭހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ޕިކަޕަކާއި، ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާކަމުގެ މަޢުލޫމާތު މިއަދު 15:17 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވާކަމަށާއި، އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.