މާލެ ސިޓީގެ 50،000 ގެއަށް ރީޔޫސަބަލް ކޮތަޅު ބެހުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 50،000 ގެއަށް ކޮތަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކޮތަޅު ބަހަން ނިންމީ ގިނަ ބައެއްގެ މަޝްވަރާއާއެކު ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ 25 ކޮތަޅު ހިމެނޭ ރީޔޫސަބަލް ކޮތަޅު ޕެކު ހެދުމަށެވެ.

މިގޮތުން މިކަމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ކޮތަޅު ބެހުމަށް ނިންމާފައި ވާއިރު ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ވަނީ ފަށާފައެވެ.