ބޭނުންވާ ތަކެތި:

Ads by Asuru
  • 1 ޖޯޑު ކޯސްޓް ކިރު
  • 1 ސައި ސަމްސާ ފުށް
  • 1 ސައި ސަމްސާ ބޭކިންގ ޕައުޑަރ
  • 2 ސަމްސާ ބަޓަރ
  • 1 ބިސް
  • 2 ޖޯޑު ފެން
  • 1 ޖޯޑާއި ބައި ހަކުރު
  • މުގުރި ކާފުރުތޮޅި (ރަހަލާ ވަރަށް)
  • ސެފްރޮން (ރަހަލާ ވަރަށް)
  • ޕިސްޓާޗިއޯ ނަޓު

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ފުށާއި، ކޯސްޓު ކިރާއި، ބޭކިންގ ޕައުޑަރާއި، ބަޓަރާއި ބިސް އެއްކޮށްލައި، ފުށްގަނޑެއް މޮޑެލާށެވެ.

މޮޑޭވަރަކަށް ބިސް ގިނަވަންޔާ އިތުރަށް ފުށް އަޅާލާނީއެވެ.

ބިހުގެ އަޅާނީ އެއްބައެވެ.

ދެން ގުޅަ ވަށާފައި ކޮންމެ ގުޅައެއްގެ މެދަށް ޕިސްޓާޗިއޯ ނަޓެއް ލުމަށްފަހު ތެޔޮގަނޑެއް އުދާލާށެވެ.

އެއަށްފަހު، ތެޔޮ ގަނޑު ހޫނުވުމުން ގުޅަ ރަތްވެލަންދެން ތެލުލާށެވެ.

ހަކުރު ފަނި ހެދުމަށް ފެން، ހަކުރު، ސެފްރޮން އަދި މުގުރި ކާފުރުތޮޅި ތެއްޔެއްގެ ތެރެޔަށް އެއްކޮށްލައި، 5 ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާނީއެވެ.

ހަކުރު ފަނި ތައްޔާރުވުމުން ރަތްކުލަ އަރާނެއެވެ. ދެން ތެލުލި ގުލާބް ޖާމުން ކޮޅު މީގެ ތެރެޔަށް އެއްކޮށްލައި 5 ވަރަކަށް މިނެޓް ކައްކާލާށެވެ. ގުޅަތަކުގެ ތެރެޔަށް ފެންގަނޑު ވަނުމުން، އެވަނީ ތައްޔާރުވެފައެވެ.