ރާއްޖޭގައި މިހާރު ތިއްބެވި ވެރިން އަޒަލު ކުރަން، ދިވެހި ސިފައިންނާއި، ފުލުހުންނާއި، ރައްޔިތުންގެ މައްޗަށް ވެސް ވާޖިބު ކަމަށް ޝެއިހު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބުގެ އިން ވަކި ކުރަން އިޓްލޮސްއިން ނިންމުމާ ގުޅިގެން، ކުރީގެ ބަންޑާރަ ނައިބުންނާއި، ބައެއް ވަޒީރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، ޝެއިހު އާދަމް ނިޝާން ވިދާޅުވީ، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންކޮށްދެއްވި ވާހަކަތަކުން އިތުރަށް އެނގި ކަށަވަރުވެގެން ދިޔައީ، މިޤައުމުގައި ވެރިންނަށް ތިބި ފަރާތްތަކުން، އިސްލާމްދީނަށާއި މި ގައުމަށް އެންމެ ބޮޑު ހިޔާނާތްތެރިވެ ޣައްދާރުވެފައިވާކަން ކަމުގައެވެ.
”އެހެންކަމުން ދިވެހި ސިފައިންނަށާއި ފުލުހުންނަށާއި އަދި އެންމެހައި މުސްލިމު ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވަނީ، މިބައިމީހުން ވެރިކަމުން ޢަޒަލުކޮށް ވަގުތުން ވަޤުތަށް ދުރުކުރުމަށެވެ. އަދި އެންމެ ބޮޑަށް ޚިޔާނާތްތެރިވެ ޣައްދާރުވާ މީހުނަށް ކަނޑައެޅިފައިވާ އަދަބު މިބައިމީހުންނަށް ދިނުމަށެވެ.
ޝެއިހު އިތުރަށް ވިދާޅުވީ، ވެރިން އަޒަލު ކުރަން ޖެހެނީ، އިސްލާމްދީނާ ގައުމުގެ ހިމާޔަތުގައެވެ.
ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުނީ މި މައްސަލައިގައި ސަރުކާރުން ދިވެހި ގައުމާ އެއްކޮޅަށް ވަކާލާތުނުކުރުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން އިސްކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްލަހަތު ނޫން ކަމަށާ އެކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ތުހުމަތު ކުރައްވައެވެ.
ޔާމީނު ވެރިކަން ކުރިގޮތް އޯކޭ ދޯ؟ އަނިޔާވެރި ވިޔަސް، ވައްކަން ކުރިޔަސް، ސަރުކާރު ހިންހގުން ދޯދިޔަސް، ދޯ؟
އެއީ ކީއްވެތޯވެސް ވިދާޅުވެ ދެއްވާ!