މިއުޒިކް ކުޅުން ހުއްޓާލުމަށް އިރާދަކުރެއްވުމަކީ އޭނާއަށް ދެއްވި އެންމެ ބޮޑު ނިއުމަތް ކަމަށް ސަލަފު ޖަމުއިއްޔާގެ މެމްބަރު އަލީ ރަމީޒު ބުނެފިއެވެ.

Ads by Asuru

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ލަވަކިޔުންތެރިއަކު، ސްޓޭޖް މަތީގައި ލަވައެއް ހުށަހަޅަން ހުއްޓާ މަރުވި ޚަބަރު ޓްވިޓަރގައި ހިއްސާކޮށް، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ބުނީ، ލަވަކިޔަން ހުއްޓާ އޭނާގެ ފުރާނަަ ނުގެންދެވި ކަަމަށްޓަކައި މާތްރަސްކަލާނގެއަށް ހަމްދު ކުރާ ކަމަށެވެ.

ލަވަކިޔުން ހުއްޓާލި ފަހުން، އެގޮތުގައި ސާބިތުވެ ހުރި އަލީ އަކީ މިހާރުވެސް ދިވެހިންގެ މެދުގައި ވަރަށް މަގްބޫލް ފަރާތެކެވެ.

އެގޮތުން ޓްވިޓަރގައި އަލީއަށް ތިރީސް ހަތަރުހާސް މީހުން ފޮލޯ ކުރެއެވެ. އަލީ ފާހަގަކުރެވެނީ، މި ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ.