ޝަރީޢަތުން ގޮތެއް ނިންމަންދެން އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓައި ފިލި ގައިދީ، ކުރަމަތި ރިސޯޓް މޫދުގައި ފަތާފައި ދަނިކޮށް ރޭ ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ވިދާޅުވި ގޮތުގައި ހިމަންދު އަށް އުފަން އެ ރަށު ދަނބުގޭ ހުސެން ޝަހުބާން، 25، ފިލީ އޭނާ ބަހައްޓާފައި ހުރި ގޮޅިން ނެރެފައި ހުއްޓައެވެ.

އޭނާ އަތުލައިގެންފައި ވަނީ ރަސްދުއާ ފަސްވަރަކަށް މިނިޓު ދުރުގައި އޮންނަ ކުރަމަތީ ރިސޯޓް ކައިރިންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެ ރިސޯޓުގެ ލޯންޗުތައް ކައިރިން ފަތާފައި ދަނިކޮށް ކަމަށް އެނގިފައިވެއެވެ.

ޝަހުބާނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އަދި އޭގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ.