ކުޑަކުދިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސަރުކާރަށް ގޮވައިލައްވައިފިއެވެ.

Ads by Asuru
އިއްޔެ ފާހަގަކުރި މި ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ދުންޔާ ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ ކުރިމަގު ކަމަށެވެ.
އަދި އެ ކުދިންނަކީ ގައުމުގެ އުއްމީދު ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކި އެކި ގޯނާތަކުންނާއި އަނިޔާތަކުން ކުޑަކުދިން ރައްކާތެރިކޮށް އެ ކުދިންގެ ހައްގު ފުރިހަމައަށް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުޑަކުދިންގެ އާބާދީއަކީ 121،634އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް، ރާއްޖޭގައި ވަރަށް ބޮޑަށް އިތުރެވެ.