ބޭނުންވާނެ ތަކެތި:
ޖޯޑު ކިރު (ފިނިކޮށްފައި)
1 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
4 ދޮންކެޔޮ (ސްލައިސްކޮށް ކޮށާފައި)
14 ވޭފާ ބިސްކޯދުކޮޅު
1 ½ ޖޯޑު ވިޕް ކްރީމް
1 ދަޅު ގެރި ކިރު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބޮޑު ތައްޓެއްގެ ތެރެއަށް ކިރު އަޅާށެވެ. ކިރުކޮޅު ދެ މިނެޓެއްހާއިރު ވަންދެން ރަނގަޅަށް ގިރާލުމަށްތެރެއަށް ގެރި ކިރު އަޅާށެވެ.
އޭގެފަހުން ވެނީލާ އެކްސްޓްރެކްޓް ކޮޅު އަޅާލުމަށްފަހު އޭގެ މައްޗަށް ވިޕް ކްރީމް އަޅާލާ (ޓޮޕް ކުރުން) ގިރުވާލާށެވެ.
ދެން، ތައްޓެއްގެ ތެރޭގައި ދޮންކެޔޮ ފޮތިތަކާއި ބިސްކޯދުތައް އަތުރާށެވެ. ބޭނުންނަމަ، ލޭޔަރުތަކެއްވެސް އެޅިދާނެއެވެ. ދެން، އޭގެތެރެއަށް، އަނެއް ތަށީގައި މިކްސް ކުރި ބައިތައް އަޅާށެވެ. އެންމެ އެދެވިގެންވަނީ ހަތަރު ގަޑިއިރު ފިނި ކުރުމަށްފަހު މި ބާވަތް ކެއުމަށެވެ.