ބޭނުންވާ ތަކެތި

1/2 ޖޯޑު ބަޓަރ

Ads by Asuru

1 ޖޯޑު ހަކުރު

2 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

1/3 ޖޯޑު ކޮކޯ ޕައުޑަރ

1/2 ޖޯޑު ފުށް

1/4 ސައިސަމުސާ ލޮނު

1/4 ސައިސަމުސާ ބޭކިންގ ޕައުޑަރ

ފްރޮސްޓިން އަށް ބޭނުންވާ ތަކެތި

3 މޭޒުމަތީ ސަމުސާ ބަޓަރ

މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ 1

މޭޒުމަތީ ސަމުސާ މާމުއި 1

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް

ކޭކު ފިހާ ތަށީގައި ތެޔޮ އުނގުޅާށެވެ. (ބޮޑު ތަވައެއްގައި) މަޑު ގިނީގައި ބަޓަރު ވިރުވާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ހަކުރާއި ބިސް އަދި 1 ސައިސަމުސާ ވެނީލާ އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން، ކޮކޯ، ލޮނު، ފުށް އަދި ބޭކިންގ ޕައުޑަރ އެއްކޮށް ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު 25 – 30 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ

ފްރޮސްޓިންގ ތައްޔާރު ކުރާނެ ގޮތް:

ތިން މޭޒުމަތީ ސަމުސާ ބަޓަރާއި، ތިން މޭޒުމަތީ ސަމުސާ ކޮކޯގެ އިތުރުން ވެނީލާ އެސެންސް އަދި ހަކުރު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު ބްރައުނީސް އަވަނުން ނަގައި އޭގަ މަތީގައި ފްރޮސްޓިންގ އުނގުޅާށެވެ.