ފިލްމު ކުޅޭ ޔޫސުފް ޝަފީއު (ޔޫއްޕެ) ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފިއެެވެ.

Ads by Asuru

އޭނާ އެ ޕާޓީއާ ގުޅި، ފޯމް ހަވާލުކޮށްފައި ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދިި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެވެ. ޔޫއްޕެ މީގެ ކުރިން ވެސް ޖޭޕީއާ އެކީ ސިޔާސީ މަސައްކަތްތަކެއްކޮށްފައިވެއެވެ.

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވަނީ ނިންމައިފައެވެ. މި ފަހަރުވެސް އެ ޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމެވެ.

މީގެ ކުރިން ވެސް ޖޭޕީއާ ބައެއް ފިލްމު ކުޅޭ މީހުން ގުޅިފައިވެއެވެ.