ކޮންމެ މޭވާއަކީ ވެސް އޭގެ ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެކި މޭވާއިން އެކި ފައިދާއެވެ. ފައިދާއެއް ނުލިބޭ މޭވާއެއް ނެތެވެ.

Ads by Asuru

މޭވާތަކުގެ ތެރެއިން ދިވެހިންނާ އެންމެ ރައްޓެރި ގިނަ ދިވެހިންނަށް އެންމެ ކަމުދާ މޭވާއަކަށް ވަނީ އަނބެވެ.

އަނބު މޫސުން އައިސްފިނަ ދިވެހިން ތިބެނީ އުފަލުން ހެވިފައެވެ. ކޮންމެ ގެއެއްގެ ސުފުރާ މަތިންހެން ވެސް އަނބު ފެންނާނެއެވެ.

އަނބު ޖޫސް ގިރާލާފައި ހުންނާނެ އެވެ. މެންދުރުގެ ހޫނު ގަޑީގައި އަނބު ޖޫސް ބޯލުމުން އެ ލިބޭ ހިންހަމަ ޖެހުމަކީ މުޅިން ތަފާތު ހިންހަމަ ޖެހުމެކެވެ.

އަނބަކީ އަނގަޔަށް މީރު މޭވާއަކަށްވާއިރު ލިބޭ ފައިދާތައް ވެސް ގިނައެވެ. އެގޮތުން މި މީރު މޭވާއިން ލިބޭ ބައެއް ފައިދާތަކަށް ބަލާލުމަށް އަވަސްވެ ގަންނާނަމެވެ.

1- ކެންސަރުން ދުރުކޮށްދޭ
ކެންސަރަކީ އާންމުވަމުން އަންނަ ބަޔެކެވެ. މި ބަލީގެ ބިރު ރާއްޖޭގައި ވެސް މިހާރު ބޮޑެވެ.

ނިސްބަތުން ކެންސަރު ޖެހޭ މީހުން ވަނީ އިތުރުވެފަ އެވެ. ކެންސަރު ޖެހޭ ގިނަ ސަބަބުތަކެއް ހުރިއިރު، ކެންސަރު ދުރުވެވޭނެ ގިނަ ގޮތްތައް ވެސް އެބަހުއްޓެވެ. އެއްގޮތަކީ އަނބެވެ. އަނބުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން، ކޮލޮން، އުރަމަތީގެ ކެންސަރުން ދުރުކޮށްދޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ.

2- ކޮލެސްޓްރޯލް ދަށްކޮށްދޭ
އަނބުގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބާ އަދި ވިޓަމިން ސީގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދިނުމަށް އެހީވެދެއެވެ.

3- ހަންގަނޑު ރީތިކޮށްދޭ
އަނބަކީ އާދައިގެ މޭވާއެއް ނޫނެވެ. އެކަން މި ފައިދާއިން ވެސް އެނގިގެންދެއެވެ. އަނބަކީ ހަންގަނޑު ރީތި ކުރަން ބޭނުން ނަމަވެސް ކެވިދާނެ މޭވާއެކެވެ. ކެއުމުގެ އިތުރުން، އަނބު، މޫނުމަތީގައި އުނގުޅުމުން މޫނުގައި ހުންނަ ޕިންޕަލްސް ފިލުވައިދެއެވެ.

4- ލޮލަށް ވެސް ފަރުވާއެއް
އަނބަކީ ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. އަނބެއް ކާލައިގެން ދުވާލަކު ހަށިގަނޑަށް ލިބެންޖެހޭ ވިޓަމިން އޭގެ 25 އިންސައްތަ ލިބޭނެ އެވެ. މީގެ ސަބަބުން، ލޮލުގެ ފެނުން ރަނގަޅުވެ، ލޯ ކުރަކިވުމުން ދުރުކޮށްދެ އެވެ.

5- ހަޖަމު ކުރުމަށް އެހީވެދޭ
ހަޖަމު ކޮށްދިނުމަށް އެހީވެދޭ މޭވާއަކީ ފަޅޯ ކަމަށް ހީކުރާ މީހުން ގިނަވެދާނެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. އަނބަކީ ވެސް ހަޖަމުކުރުމަށް ފަސޭހަކޮށްދޭ މޭވާއެކެވެ. ހަޖަމުކުރަން ފަސޭހަ ކޮށްދެނީ އަނބުގައި އެކުލެވޭ ފައިބާއެވެ.

6- ހީޓް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ
އަނބުގައި ފައިދާހުރީ ހަމައެކަނި ދޮން އަނބެއް ނޫނެވެ. ރޯ އަނބު ވެސް ފައިދާ ލިބެއެވެ. އެގޮތުން މިއީ އެންމެ ފާހަގަކޮށްލެވޭ ފައިދާއެވެ. ރޯ އަނބުގެ ހުތް ފެނަށް ފެލާލުމަށްފަހު ބުއިމުން ތިމާގެ ހަށިގަނޑު ފިނިކޮށްދެއެވެ. ހޫނު މޫސުމުގައި ހީޓް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭނެ އެވެ.

7- ހަކުރު ބައްޔަށް ވެސް ސިފާއެއް
އަނބު ގަހުގެ ފަތަކީ ވެސް ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން ފަތް ފެނު ކެއްކުމަށްފަހު، ފުރާނައިގެން ހެނދުނު ބޯލުމަކީ ފައިދާ ހުރި ކަމެކެވެ. އެއީ ހަށިގަނޑުގެ ހަކުރު ލެވެލް އެއް ހަމައެއްގައި ބެެހެއްޓުމަށް އެހީވާނެ އެއްޗެކެވެ.