ފުޑް ކޯޓުގައި ހުންނަ ”ޓީ ޖެޓީ“ ރެސްޓޯރެންޓުން، މި އަހަރުގެ ރޯދަމަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

Ads by Asuru
މި ޕްރޮމޯޝަނަކީ، 2019ވަނަ އަހަރުން ފެށިގެން އެ ރެސްޓޯރެންޓުން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
މި އަހަރުގެ ޕްރޮމޯޝަނުން ހޮވި އުމްރާ ދަތުރު ލިބުނީ ފ. ބިލެތްދޫ/ ސަޒިއްޔާމަންޒިލް، އަމީރު އަބްދުލްއަޒީޒަށެވެ.
މި ޕްރޮމޯޝަންގެ ދަށުން، ޓީ ޖެޓީން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބެއެވެ.

ޓީ ޖެޓީން ބުނީ މިއީ، ކޮންމެ ރޯދަ މަހަކުވެސް އެތަނުގެ ކޮންމެވެސް އެއް ކަސްޓަމަރަކަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މާތް މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި، ކޮންމެ އަހަރަކުވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަކީ އަމާޒެއް ކަމަށެވެ.

ޓީ ޖެޓީގެ މި ހާއްސަ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް، ބޭނުން އިރަކު އުމްރާގެ އަޅުކަން އަދާ ކުރަން ދެވޭނެއެވެ.