ހެލްތު މިނިސްޓަރު އަޙްމަދު ނަސީމުގެ ދަރިކަނބަލުން އަޔާ ނަސީމް ”ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ އައު ޕާޓީ ”ދަ ޑިމޮކްރެޓްސް“އާ ގުޅިވަޑައިގަތުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

Ads by Asuru

އަޔާ ނަސީމުގެ ފޯމާ ޙަވާލުވެވަޑައިގަތީ އައު ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މަޖިލިސް މެމްބަރުން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ އައު ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނީ ފާއިތުވި ހަފުތާގެ ބުދަ ދުވަހުއެވެ.