ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ފިނޑި ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވެއްޖެއެވެ.

Ads by Asuru
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން ފެއްޓެވި ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ ”ދަ ޑިމޮކްރެޓްސް“ ޕާޓީއާ ގުޅިވަޑައިގަންނަވާ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށުމުންނެވެ.

އެގޮތުން އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓާ އަހްމަދު ހަމްދާނު އަދި އޭނާގެ އަނބިކަނބަލުން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާއިޝަތު އަލައިކާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އީވާ ވިދާޅުވީ ވަޒީފާއިން ކަނޑައިލި ޒުވާނުން މި ސަރުކާރު ގެނައުމަށް ކުރި މަސައްކަތް މިނައި ނުކިރޭނެ ކަމަށެވެ.

އަދި ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅުއްވާ އުޅުއްވުމުން އިތުރުވާނީ ނަފުރަތުކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެއާއެކު އީވާ، ރައީސް ސޯލިހު ސިފަކުރެއްވީ ފިނޑި ވެރިއެއްގެ ގޮތުގައެވެ.