ކުރިއަށް އޮތް ބޮޑު އީދަށް މާލޭގެ ތަންތަން ދިއްލުމަށް ބޭނުން ކުރާނެ ބޮކި ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

Ads by Asuru
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މާލެތެރެ ބޮޑު ޢީދަށް ޒީނަތްތެރި ކުރުމަށް ލައިޓް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކައުންސިލަށް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށެވެ.
އަދި އަގު ހުށަހެޅުމަށް ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ގޮސް ބީލަމާއި ގުޅޭ ކަންކަން ސާފުކޮށް ބީލަން ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 29 މޭގައެވެ. އަގު ހުށަހެޅުން ޖޫން މަހުގެ 4 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުވާލި ބީލަމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށެވެ.