ދެ އަހަރުގެ އަންހެން ދަރިފުޅާ އެކީ ހުޅުމާލެ އިން ގެއްލުނު އަންހެންމީހާ އާއިލާއަށް ގުޅައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ، އޭނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ކުރިން ބުނީ ހއ. އިހަވަންދޫ ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ، 32، އަށް ވީނުވީއެއް ނޭނގިގެން އާއިލާއަށް އޭނާ ގެއްލިފައިވާ ކަމަށް ބުނެ އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާތީ އޭނަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިހުސާނާ އެންމެ ފަހުން ފެނިފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު، އޭނަ ދިރިއުޅެމުން އައި ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، އިހުސާނާ ގެއްލިފައި ވަނީ ދެ އަހަރުގެ އަންހެން ދަރިފުޅާ އެކީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ވެސް ހުޅުމާލެ އިން 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދިއެވެ. އަދި އޭނަ ފެނުނީ މި މަހުގެ 22 ގައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ވާނުވާއެއް ނޭނގި މީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑެވެ.