މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މިއަދު ބޭއްވި ކައުންސިލުގެ މި ހަފުތާާގެ އާންމު ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވުމުންނެވެ.
މި ހުށަހެޅުމާ ގުޅިގެން ޖަލްސާގައި މަޝްވަރާކުރުމަށްފަހު ކައުންސިލުން ނިންމީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނެގުމަށެވެ.
އަންނަ މަހު 15 އިން ފެށިގެން ފީ ނަގަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަދި ކުރިއަށް އޮތް ދެ ހަފުތާތެރޭގައި އަގުތައް ކަނޑައެޅުމަށެވެ.