•  ބަނަސް
  • 2 ފިޔާ ( ކުދިކޮށް ކޮށާފައި )
  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް
  • 4 މޭޒުމަތީ ސަމުސާ ސަބުމެރިން ސޯސް
  • 2 މަސްދަޅު
  • 2/1 ސައި ސަމުސާ ލުނބޯހުތް
  • 4/1 ސައި ސަމުސާ ގިތެޔޮމިރުސް
  • 4/1 ސައި ސަމުސާ އަސޭމިރުސް
  • 100 ގ މޮޒޮރެއްލާ
  • ލޮނު ކޮޅެއް

ތައްޔާރު ކުރާނެގޮތް:

ބޮޑު ތައްޓެއްގައި ފިޔާކޮޅު އަޅާ ވަޅޯވަންދެން މޮޑެލާށެވެ. އެއަށްފަހު ލުނބޯ، އަސޭމިރުސް، ގިތެޔޮމިރުސް، ލޮނު އަޅާ އެއްކޮށްލުމަށްފަހު މަސްދަޅު، މަޔޮނައިސް އަޅާ އެއްކޮށްލާށެވެ.

Ads by Asuru

އެއަށްފަހު ބަނަސް މެދުން ފަޅުކޮށްލުމަށްފަހު ސަބްމެރިން ސޯސް ބަނަހުގައި ހާކާށެެވެ.

އެއަށްފަހު މަސްގަނޑު ބަަނަސް ތެރެއަށް އެޅުމަށްފަހު މައްޗަށް މޮޒޮރެއްލާ އަޅާށެވެ.

އެއަށްފަހު އަވަނުގައި 2 މިނެޓް ފިހެލާށެވެ.