އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ.

Ads by Asuru

މަރުވެފައިވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ ޝުވައިބް (27 އ) އެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ.

މަރުވި ޒުވާނާ މަރުވީ ހަމަލާއާއި ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަރުވި ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދިނީ އޭނާގެ ކޮއްކޮ ކަމަށާއި އޭނާ ފިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެއެެވެ.