މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް އަށް ކުރިމަތިލާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by Asuru

މިއީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް 50 އަހަރު ފުރުމާ ގުޅިގެން ތައާރަަފުކުރި އެވޯޑެކެވެ. އެގޮތުން މިދިޔަ އަހަރު 27 ފަރާތަކަށް އެވޯޑް ދީފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ޓޫރިޒަމް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

މިއަހަރުގެ އެވޯޑްސް އަށް ހުޅުވާލި އިރު، އާ ކެޓަގަރީއެއް ވެސް ތައާރަފުކޮށްފައިވެއެވެ.

އެއީ ގައި ”ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑް“ ނަމުގައި ތައާރަފުކުރި އެވޯޑެވެ.

މި އަހަރު 5 ދާއިރާއަކުން ޖުމްލަ 59 އެވޯޑެއް ދޭން ހަމަޖެހިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެވޯޑްތައް ދޭނީ މިދިޔަ އަހަރުގެ ޖޫން 1 އިން ފެށިގެން މިދިޔަ 31 ގެ ނިޔަލަށް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން އެވޯޑް ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ތަންތަނަށެވެ.