ސިނަމާލެ ބްރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Asuru

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނި އާންމުވެފައެވެ.

އާންމު ވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އަލިފާން ރޯވެފައިވާ ކާރު އޮތް ސަރަހައްދުގައި އެމްއެންޑީއެފުގެ ފަޔަރ ލޮރީއެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެއެވެ.

މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނޫނެވެ. ފުލުހުން ދެންމެ ބުނީ، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.