ކިޔުންތެރިންނާ މި ހިއްސާ ކޮށްލަނީ، ޖަނބުރޯލުން ލިބޭ، ތިން ފައިދާއެވެ.

ޖަނބުރޯލުގައި ހިމެނޭ ޖަމްބޯސައިން މާއްދާއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާއެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އަދި ދިރާސާތަކުން އެކަން ޔަގީން ކުރެވިއްޖެ ނަމަ، ޖަނބުރޯލު ވެގެން ދާނީ ހަކުރު ބަލި ހުންނަ ފަރާތްތަކަށާއި ހަކުރު ބަލި ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ވަރަށް މުހިއްމު މޭވާއަކަށެވެ.

Ads by Asuru

މާބޮޑަށް ފިކުރު ބޮޑުވުމުގެ ސަބަބުންނާއި، ޖައްވު ތަޣައްޔަރު ކުރާ މާއްދާތަކުގެ ސަބަބުން ހަންގަނޑު ހިކުމަށާއި ރޫޖެހުމަށް މެދުވެރިވެއެވެ. ޖަނބުރޯލުގައި ހިމެނޭ ވިޓަމިން އޭ އާއި ސީ އިން ހަންގަނޑަށް ލިބޭ އެފަދަ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަކި ވެސް، ޖަނބުރޯލުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން އޭ އިން ލިބޭ ފައިދާއެކެވެ. ސަބަބަކީ ވިޓަމިން އޭ އަކީ ހަށިގަނޑުގެ ދިފާއީ ސެލްތައް ކަމަށްވާ ވައިޓް ބްލަޑް ސެލްތަކުގެ މަސައްކަތް ރަނގަޅުކޮށްދޭ މާއްދާއެއް ކަަމަށް ދިރާސާތަކުން ދައްކާފައިވާތީއެވެ. މީގެ އިތުރުން، ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްވެސް މުހިއްމު މާއްދާއެކެވެ.