ދައުލަތުގެ ދަރަނި 98 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.

Ads by Asuru

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޖުމްލަ ދަރަނީގެ އަދަދަށް 98.8 ބިލިއަން ރުފިޔާއަށް އިތުރުވީއިރު،  މިއީ މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު ހަތަރު ބިލިއަން ރުފިޔާގެ ދަރަނީގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ބޭރު ގައުމުތަކުން ނެެގި ދަރަނީގެ އަދަދަކީ 45 ބިލިއަން ރުފިޔާއެވެ.  އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު، މިއީ އެއްބިލިއަން ރުފިޔާގެ ދަރަނީގެ އިތުރުވުމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރަނި އިތުރުވެފައިވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ލޯނު ނެގުމުންނެވެ.

މި ސަރުކާރުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންކަން ފާހަގަކޮށްލެވެއެވެ.