ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރިޔަސް ”އޯކޭ“ ކަމަށް އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގާފައެވެ.
އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެއެވެ.
މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ މަގާމުން ދުރުކުރިޔަސް އޯކޭ ކަމަށެވެ. އަދި މެމްބަރު ކަމުގެ ދައުރު ނިމެން ގާތްވެފައިވާއިރު އަންހެނަކަށް އެ މަގާމު އަދާކުރުމުގެ ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މަގާމުން ދުރުކުރަން އުޅެނީ އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހިލާފަށް ހިންގާ ޕާޓީއެއް ދޫކޮށްލުމުން ކަމަށާއި އެގޮތުން އެމްޑީޕީ މިއަދު ހިންގަމުން ދަނީ އެ ޕާޓީ އުފެއްދި މަގުސަދުތަކާއި ހިލާފަށް ކަމަށް އީވާ ވިދާޅުވިއެވެ.
. މިހާރު އޯކޭވަނީ
ކޯކޭނަމަ މިހާރު އިސްތިއުފާދީފި