މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބަށް ހުޅުވާލައިފިއެވެ.

Ads by Asuru

އެޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން އޮގަސްޓް ހަވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޖުމްލަ 185 މަގާމަކަށް ވަނީ ހުޅުވާލާފައެވެ. އެއީ ޕާޓީގެ ރައީސްގެ މަގާމާއި ރާއްޖެ ހަ ސަރަހައްދަކަށް ބަހާލާ އެއިން ކޮންމެ ސަރަހައްދަކުން ނާއިބު ރައީސް ކަމަށް ހަ ބޭފުޅަކު އަދި ވިމެންސް ވިންގުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ އިތުރުން ޔޫތު ވިންގުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ މަގާމެވެ.

ދެން ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއިން ކޮންމެ ދާއިރާއަކަށް ރައީސާއި ނާއިބު ރައީސްގެ މަގާމަށެވެ.