އެމްޑީޕީ ފުނޑާލަން އުޅޭ ބަޔަކަށް ދުވަހަކު ވެސް މައާފެއް ނެތް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ހާސް ރައްޔިތުންގެ ފުރާނަޔާއި ލެޔާއި ގުޅިފައިވާ އެމްޑީޕީ ފުނޑާލަން މަސައްކަތް ކުރާ ބަޔަކަށް ދުވަހަކު ވެސް މައާފެއް ނެތް ކަމަށެވެ. އެމްޑީޕީ މިހާ ހިސާބަށް އައިސްފައިވަނީ އެތައް އަނިޔާއެއް ލިބިގެން ކަމަށް ނިހާދު ވިދާޅުވިއެވެ.

”ރައީސް ނަޝީދަށްޓަކައި ކޮން ގުރުބާނީއެއްތޯ ނުވަނީ؟ މިއަދު ގައުމާއި ރައްޔިތުންނަށްޓަކައި ގޮތް ދޫކުރަންޖެހޭ.“ ނިހާދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފައެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެއެވެ.