ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރަޖިސްޓްރަރގެ މަގާމަށް އަހުމަދު ހަމްދާން ނާސިރު ހަމަޖައްސައިފިއެވެ.

Ads by Asuru

ހަމްދާން މި މަގާމަށް ހަމަޖެއްސީ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ރަޖިސްޓްރަރގެ މަގާމުގައި މީގެ ކުރިން ހުންނެވީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާނެވެ.

ހަމްދާނަކީ މީގެ ކުރިން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ނ.ހޮޅުދޫ ކައުންސިލުގެ ނައިބު ރައީސްކަންވެސް ދެ ދައުރުގައި ކުރައްވައިފައެވެ.