މިއަދު ހެނދުނު އަވަހާރަވި ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު، އެމަނިކުފާނަށް ދިނުމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިފާނު ގެންދަވަނީ ވ.އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި 11 އަހަރުގެ ޖަލުގެ ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނު ސްރީލަންކާގައެވެ.
އެހެންކަމުން ޔާމީނަށް މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވޭނީ ލަންކާއަށް ދިއުމުގެ ހުއްދަ ސަރުކާރުން ދީފިނަމައެވެ.
މިކަމަށް އިޝާރަތް ކުރައްވާ އެމްއެންޕީގެ ލީޑަރު ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮބުވެތި މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ރައީސް ޔާމީންއަށް ލިބިވަޑައި ގަންނަވަން ޖެހޭނެ ކަމަށެވެ.

ދީގެން ނުވާނެ ވިލިނގިލީ ދާއިރާ އެމްޕީގެ މަންމާ، ފާރިޝް ގެ ބޮޑު ދައްތަ ނިޔާވީ އެބޭފުޅުން ޖަލުގައި ތިއްބާ އެމީހުންނަށްވެސް މޫނުބަލަށް ޔާމީނު ފުރުސަތު ނުދިން.