މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ފާތިމަތު ތައުފީޤު އައްޔަނު ކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީން ވަނީ އެކަން ހާމަކޮށް، އެ ކުންފުނީގެ އައު އެމްޑީއަށް މަރުހަބާ ކިޔައިފައެވެ.

ފާތިމަތު ތައުފީޤަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރު ކަމުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

އަދި ޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. އަދި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.