ވަޅިއަކުން ދިން ހަމަލާއެއްގައި ރޭ ޒަހަމްވި އަންހެން މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

އުމުރުން 51 އަހަރުގެ މީހާ އަށް ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ފަރުވާއަށް ފަހު އޭނަ ދޫކޮށްލީ މިއަދުވެ.

އ އަންހެން މީހާ އަށް އޭނަގެ ދަރިއަކު ހަމަލާ ދިނީ އާއިލާގެ ދެބެއިންގެ މެދުގައި ހިންގި ހަމަނުޖެހުމެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ ދަރިއެވެ.

މަންމައަށް ހަމަލާ ދިނީ އުމުރުން 25 އަހަރުގެ މީހެކެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނަ އަށް އަންނަނީ އައިޖީއެޗްގައި ނަފުސާނީ ފަރުވާތަކެއް ދެމުންނެވެ.

މަންމަ އަށް ދަރިފުޅު ހަމަލާ ދިނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.