ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ދަތިތައް ޙައްލު ކޮށްދޭ ސަރުކާރަކަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، މި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ”ރަސްމާލެ“ މަޝްރޫޢު އިއްޔެ ފެށުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައި ވަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވުމަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
”ރައީސް މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ވަޢުދު ފުއްދާ، ދަތިތައް ހައްލު ކޮށްދޭނެ ސަރުކާރަކަށް!“
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢު އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް ރައީީސް މުޢިއްޒު ވަނީ ވަޢުދުވަޑައިގެންފައެވެ.
