ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް އާންމު ކޮށްފިއެވެ.
ރައީސް އޮފީހުން އެ ސިޓީ އާންމު ކުރީ ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަ ކުރުމަށް ފަހުއެވެ.
މި ސިޓީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ވެސް މީީސްމީޑިއާގައި އާއްމުވިއެވެ.
ސޯޝަލް މީޑިއާގައި އޭރު އާންމުވީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އޭރު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބޯޑާ ކަނޑައެޅުމުގެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ.
އަދި އެކަމާ ގުޅޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
