މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން މަޝްވަރާ ކުރައްވައިފަނީ ކޮން ކަމަކާއި ގުޅޭގޮތުން ކަމެއް ސާފެއް ނޫނެވެ. ރައީސް އޮފީހުން ވެސް، ބައްދަލުވުމުގެ އިތުރު މަޢުލޫމާތެއް ދެއްވައިފައެއް ނުވެއެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމް، ރައީސް މުޢިއްޒު އާއި ބައްދަލު ކުރެއްވިއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީން ވަނީ ރައީސް މުޢިއްޒުއަށް ތާއީދު ކުރައްވައިފައެވެ.

ރައީީސް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީީސް މުޙައްމަދު ނާޒިމާއި ވެސް ބައްދަލުކުރައްވައިފައެވެ.

ޤާސިމު އަދި ނާޒިމު އާއި އެކު ބޭއްވެވި ބައްދަލުވުމާއި ގުޅޭ މަޢުލޫމާތެއްވެސް ރައީސް އޮފީހުން ދެއްވައިފައެއް ނުވެއެވެ.

ރައީީސް މުޢިއްޒު، ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާއި ބައްދަލުކުރެއްވިއިރު، މަޖިލިސް އިންތިޚާބަށް ޕާޓީތަކުން އަންނަނީ ތައްޔާރުވަމުންނެވެ.