ވެރިރަށް މާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި، އަންހެނަކަށް އަނިޔާވެއްޖެއެވެ.

މިރޭ ރޯޝަނީ މަގުގައި، ހިނގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.