ވިލިމާލޭގެ ބާބަކިޔު ސަރަހައްދުގެ މޫދަށް ގެނބެމުން ދިޔަ އަންހެނަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.

މި ހާދިސާއާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ އަންހެން މީހާ ގެނބޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ، ރޭ 00:31 ހާއިރު ކަމަށެވެ.

އޭނާ ސަލާމަތްކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ، ވިލިމާލެ ހޮސްޕިޓަލަށެވެ. އެއަށްފަހުގައި، އޭނާ އަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހުގައި، ފުލުހުން ވަނީ އޭބާ އާއިލާއާއި ޙަވާލުކޮށްފައެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ސަލާމަތް ކުރަން އުޅުނު ފުލުސް މީހާއަށް ވެސް ލޮނުބޮވި، ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ. މި ހާދިސާ އާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ދީފައިނުވާއިރު، މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ބުންޏެވެ.