ހދ.ކުޅުދުއްފުށި ސިޓީން ފައިލޭރިއާ ޖެހިފައިވާ ބިދޭސީންގެ އަދަދު 25 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް މީހުން ޯޕޮޒިޓިވް ވި ކަމަށެވެ.

އެހެންވެ، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން،  19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީންނަށް އެ ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުންނަށް ބަލި ޖެހިފައިވާ ނުވާ ކަމަށެވެ.

ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ފައިލޭރިއާ އަލުން ރާއްޖެ އެތެރެވެފައި މިވަނީ، އެ ބަލި ފެތުރެމުންދާ ޤައުމުތަކުގެ ބިދޭސީންގެ ފަރާތުންނެވެ. ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ މަދިރީގެ ވައްތަރެއްގެ ސަބަބުންނެވެ.