އަންނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް، އެ ކޯޓުން ކުރި އިޢުލާނެއްގައިވަނީ އަންނަ އަހަރު ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފައެެވެ

ރަސްމީ ދުވަސްތަކުގައި ކޯޓުގައި:

09:00 އިން 11:30 އަށް, 13:00 އިން 13:30 އަށް އަދި 15:00 އިން 21:00 އަށް

ކޯޓުން ބޭރުގައި: ހަފުތާގެ ކޮންމެ ދުވަހަކު 15:00 އިން 21:00 އަށް

ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައެވެ.

ފެމިލީ ކޯޓުން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.