މަސް ހިފުމަށް މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ، ކުރެދުމާގޭ، މުޙައްމަދު ނާއިޝްއެވެ. އޭނާ އަށް އުމުރުން 18 އަހަރެވެ.
އޭނާ ގެއްލިފައިވަނީ އައްޑޫ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން އެރި އުޅެނިކޮށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 10:10 ހާއިރުއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.
