ިދެ މީހަކާއިއެކު އިހި ހިފަން ގޮސް އުޅެނިކޮށް ގެއްލުނު، ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑް ކޯސްޓްގާޑު ފޯތު ރަންއިން ކުރިއަށްދާ އޮޕަރޭޝަނުގައި އަދިވެސް އޭނާ ހޯދިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ރޭ ދަންވަރު ބުނީ ނައީޝް ހޯދުމަށް ވައިގެމަގުން 23.46 ސްކުއަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކުއަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން އެއް ސްކުއަރ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ.
އުމުރުން 18 އަހަރުގެ ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ.
ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ނައީޝް ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް އަންނަނީ ކުރަމުންނެވެ.
ނައީޝް އާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.

ބަލަ މީހެއްގެ ފުރާނައޭ! މޭ ފުއްޕާފަ ނުތިބެ ދެން މޯޑީ ކައިރީގައި ބުނަންވީނު!