ޚިދުމަތް ނުދެވި، އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ގއ.ދެއްވަދޫ އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އެ އައިސްޕްލާންޓުގެ ޚިދުމަތް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވިރު، އައިސްޕްލާންޓު އަލުން މަރާމާތުކޮށް މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވަޒީރު އަޙްމަދު ޝިޔާމް ވަނީ ކޫއްޑޫގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވައިފައި ކަމަށެވެ.

އަދި ފެށޭ ހަފްތާތެރޭގައި މިފްކޯގެ ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ޓެކްނީޝަނުންގެ ޓީމަކުން ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމަތުކޮށް، އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާ ގޮތަށް ވަނީ ހަމަ ޖެހިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މިފަދަ ދަތިތައް ޙައްލު ކުރެއްވުމަށް ވަޒީރު ޝިޔާމް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ި