އދ.ދިގުރަށުގައި ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
އެ ރަށުގައި، ހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި ތުއްތުކުއްޖަކު އޮތްވާ ފެނުނީ މިމަހުގެ ތިން ވަނަ ދުވަހުގައެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ހުކުރު ދުވަހުއެވެ.
އެ ތުއްތު ކުއްޖާ ފެނިފައިވަނީ އދ.ދިގުރަށު ކުނިގޮނޑުންނެވެ. ފުލުހުންވަނީ މިޙާދިސާއާއި ގުޅިގެން ހަމަ އެދުވަހު މީހަކު ހައްޔަރުކޮށްފައެވެ.
މިގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ޢުމުރުން 30 އަހަރުގެ އަންހެނެކެވެ. އެނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެއައިސް ލަންކާއަށް ފުރަންގޮސް ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.
