ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް ޝައުޤުވެރިވާ މީހުންނަށް އެ ޕާޓީން އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އެޕާޓީގެ ފަރާތުން އެންމެ ފުރަތަމަ މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25 އާއި ހަމައަށެވެ.

ނަމަވެސް އެމްޑީޕީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭނީ، ޕާޓީގެ މެންބަރަކަށްވުމާއެކު، ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.