ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް މަޤާމަށް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު އައްޔަނުކުރައްވައިފިއެވެ.
ވައިސް ވަހީދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެންސީޓީސީގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައެވެ.
ސިފައިންގެ ހިދުމަތަށް 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޒަކަރިއްޔާ ރިޓަޔާ ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އޭގެ ފަހުން އޭނާ ހުންނެވީ އެންސީޓީސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.
ވައިސް ވަހީދަކީ ވެސް 34 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ރިޓަޔާ ކުރައްވާފައި ވަނީ މި މަހުގެ 12 ގައެވެ.
