ކ.ފުށިދިއްގަރުފަޅުގައި ކުރިއަށްދާ ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ބައްލަވައިލައްވައިފިއެވެ.
ސްރީލަންކާގެ ސީއެމްސީ އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، މިއަދުގެ ހަވީރާއި ހަމައަށް ވަނީ 10 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އެތަން ހިއްކުމުގެ މަސައްކަތް ފަށައިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވާ ސީއެމްސީން މި މަސައްކަތްކުރަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާއި ޗައިނާގެ ސްޓޭޓް އިންޖިނިއަރިން ކުންފުންޏަށް ކޮންޓްރެކްޓު ކޮށްގެންނެވެ.
މި ބިޔަ މަޝްރޫޢު ކުރިއަށްދަނީ ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް، ކޮންޓްރެކްޓަރަށް 70 ހެކްޓަރުގެ ބިން ލިބޭ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ސަރުކާރުގެ އަމާޒަކީ އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރަސްމާލެއިން 65،000 ގޯތި ނުވަތަ ފްލެޓް ދޫކުރުމެވެ.

ޜަސްމާލެވެސް ހިއްކާގޯތިނުވަތަ ފްލެޓް ދޭނެ އެކަމަކު އަހަރުމެންނަށް ތިއިންކަމެއްނުވާނެ ތިކަމްވާނީ ބުރުމާ ގާސިމްމެންކަހަލަ މަހުޖަނުންނަށް